ޚަބަރު

ޓައިވާނަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ


ޓައިވާންގެ ހުއަލިއަން ކައުންޓީގެ ކަނޑުގެ ސަރަހައްދަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެކަމަށް ޗައިނާގެ އާރތް ކުއޭކް ނެޓްވޯކް ސެންޓަރުން ބުނެފިއެވެ.

މިބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުންވެފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މިބިންހެލުމުގެ އަސަރު ޓައިވާންގެ ތައިޕޭއަށްވެސް ކޮށްފައިވާކަމަށް އެސަރަޙައްދުގެ ރައްޔިތުންނާއި ޙަވާލާދީ އޮފިޝަލުން މަޢުލޫމާތުދިނެވެ.

ފުރަތަމަ ބިންހެލުން އައިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި 4.9 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް ޓައިވާނުގެ މިސަރަޙައްދަށް ވަނީ އައިސްފައެވެ. އަދި އެއަށްފަހު 26 އަށްވުރެ އިތުރު ލޮޅުންތައް މިސަރަޙައްދަށް އައިސްފައިވާކަމަށް އޮފިޝަލުން ބުންޏެވެ.