ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި


އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ގިނަ ޢަދަދެއްގެ ބަނގުރާ އިއްޔެގެ ވަގުތެއްގައި ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ ދޫނިދޫގައި ނައްތާލާފައިވަނީ 19 މައްސަލަ އަކާ ގުޅުންހުރި ބަނގުރަލުގެ ބާވަތްތަކެއްކަމަށެވެ. މިގޮތުން އިއްޔެ ނައްތާލާފައިވަނީ އެކި ބްރޭންޑް ތަކުގެ 333 ފުޅި ބަނގުރަލާއި 267 ދަޅު ބަނގުރާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ބަނގުރާ ހުރި 24 ހަމާއި އެހެނިހެން ބާވަތްތަކުން 24 އެތި ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ނައްތާލާފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށެވެ.