ޚަބަރު

މިސައިލް ޙަމަލާތައް ހުއްޓުވާފަދަ ނިޒާމެއް ޤާއިމްކުރާނަން - ތުރުކީ


ސޫރިޔާއާއި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި މިސައިލް ޙަމަލާތައް ހުއްޓުވާފަދަ ނިޒާމެއް ޤާއިމުކުރާނެ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ޖަވްޝޫލޫ ވިދާޅުވީ މިއީ ސޫރިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ތުރުކީވިލާތަށް އަންނަ ރޮކެޓްތައް ވައްޓާލުމުގެ ބޭނުމުގައި ޤާއިމުކުރާ ނިޒާމެއްކަމަށެވެ. 

މިނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އައިއެސްގެ ހަނގުރާމަވެރިން ސޫރިޔާއަށް ވަންނަ ސަރަޙައްދެއްކަމަށްވާ މަންބަޖުގެ ކައިރީގައިކަމަށާ މިކަމުގެ ސަބަބުން އެސަރަޙައްދު ހުރަސްކޮށް ސޫރިޔާއަށް އެތެރެވުމުގެ ފުރުޞަތުވެސް އައިއެސްގެ ހަނގުރާމަވެރިންނަށް ގެއްލިގެންދާނެކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.