ޚަބަރު

އިންޑިޔާގެ ބައެއްހިސާބުތަކަށް ފެންލިބުމުގައި ދަތިތަކެއް


އިންޑިޔާގެ ބައެއްހިސާބުތަކަށް ފެންލިބުމުގެ ދަތިކަން އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށް ރިޕޯޓްތައްބުނެފިއެވެ.

އިންޑިޔާގައި އެންމެބޮޑަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވަނީ އިންޑިޔާގެ އެންމެ މުއްސަދި ސްޓޭޓްގެގޮތުގައި ބެލެވޭ މަހާރަޝްތްރާގެ ހުޅަނގު ފަޅިޔަށެވެ. މިހިސާބުގައިފެންހޯދުމަށްޓަކާ ކޮންމެ ދުވަހަކުވެސް އެތައް މިލިއަން މީހުން ގަދަހޫނުގައި ދިގުކިއޫ ތަކުގައި ތިބެންޖެހިފައިވާ ކަމަށް ޚަބަރު ތައްބުނެއެވެ.

އިންޑިޔާގެ ބައެއްހިސާބުތަކަށް މިހާރުކުރިމަތިވެފައިވަނީ ފާއިތުވި ސާޅީހަކަށް އަހަރުތެރޭވެސް ކުރިމަތިނުވާވަރުގެހަނަފަސްކަމެއް ކަމަށް ރިކޯޑްތަކުންދައްކައެވެ. މިހަނަފަސް ކަމުގެ ސަބަބުންކޯރުތަކުގެ ފެންގަނޑުވެސް ވަރަށް ބޮޑަށް ހިނދި، ދަޑުބިންތައް ހަލާކުވެ، ގެރި ބަކަރީގެ ސްޓޮކްދަނީ މަދުވަމުންނެވެ.

މިހާރު ޚަބަރުލިބޭގޮތުގައި ހައިޑްރޯ އިލެކްޓްރިކް ޕަވަރ ޕްލާންޓްތައްވެސް ފެން ނުލިބުމުގެ ސަބަބުންހުއްޓުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މި ހިސާބުތަކުގެ އާބާދީ 19 މިލިއަނަށްވުރެއިތުރުކަމަށާ، ޓޭންކް ތަކުގައި ފޯރުކޮށްދޭފެނުން އެއްގޮތަކަށްވެސް ނުފުދޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ފެން ދޫކުރުމަށްކޫޕަން ދޫކޮށްފައިވާއިރު ގިނަބަޔަކަށް ކޫޕަންވެސް ނުލިބުމުގެ ސަބަބުން ފެނަށްޖެހުންވަނީއިތުރު ވެގެންގޮސްފައެވެ.

އިންޑިޔާގެމަހާރަޝްތުރާގެ އިތުރުން ދެކުނުގެ ސަރަހައްދު ތަކަށް ވެސް ވަނީ ފެނުގެ ދަތިކަންކުރިމަތިވެފައެވެ. ޖޫން މަހާއި ސެޕްޓެމްބަރުމަހަކީ ޢާއްމުކޮށް ވާރޭވެހޭ މޫސުމެއްކަމަށްވިޔަސް ފާއިތުވި ވިއްސާރަ މޫސުމުގައި ވެހުނު ވާރޭގެ މިންވަރު ގިނަ އަވަށްތަކަށްއެވްރެޖަށްް ވުރެ ދަށް ކަމަށް ރިކޯޑްތަކުން ދައްކައެވެ.

ތިންސަތޭކަ ތިރީސްމިލިއަން މީހުންގެ އާބާދީގެ ތިންބައިކުޅައެއްބައިމީހުންނަށް ފެނުގެ ދަތިކަންކުރިމަތިވެފައިވާ ކަން މިހާރު ވަނީ އިންޑިޔާގެ ސުޕްރީމް ކޯޓުގެ ސަމާލުކަމަށްވެސްގެނެސްފައެވެ. ކުރިޔަށް އޮތް ހޫނު މޫސުމުގެ ފުރަތަމަ ދެމަސްދުވަހުގެތެރޭވެސް ފިނިހޫނުމިން 40 ޑިގްރީ އަށްވުރެ ދަށަށްދާނެ ކަމަށް ނުބެލެވޭތީ ފެނުގެ މަސްއަލަޔަށް އަވަސް ހައްލެއްލިބޭނެ ކަމަކަށް ނުބެލެވޭޭ ކަމަށް ޚަބަރުތައް ބުނެއެވެ.