ވިޔަފާރި

އެސްޓީއޯ ހެޕީ ރަމަޒާން 2016 އެކްސްޕޯ ފަށައިފި


ރޯދަމަހަށް ޚާއްޞަކޮށް ދިވެހި އެކްސްޕޯ ސަރވިސްއާއި އެސްޓީއޯ ގުޅިގެން "އެސްޓީއޯ ހެޕީ ރަމަޒާން 2016" އެކްސްޕޯ ދަރުބާރުގޭގައި ފަށައިފިއެވެ.

އިއްޔެއިން ފެށިގެން 3 ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު އަޙުމަދު ޒިޔާދު ބާގިރެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެމުން ދިވެހި އެކްސްޕޯ ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު އަޖުމަލް ވިދާޅުވީ، މިފަދަ އެކްސްޕޯއެއް ރޯދަމަހާ ދިމާކޮށް ބޭއްވުމުގެ ބޭނުމަކީ ގޭތެރެ ޒީނަތްތެރިކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ގިނަ ފަރާތްތަކަކުން ކުރަމުންދާނެ ދުވަސްވަރަކީ މިއީކަމަށްވެފައި އެފަދަ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން ތަކެތި ގަނެވޭނެގޮތް ހެދުމުގެ ގޮތުން ކަމަށެވެ.