ޚަބަރު

އެމްޑަބްލިޔުއެސްސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހުޅުވާލުން


އެމްޑަބްލިޔުއެސްސީގެ ދެވަނަ އެޕްރަންޓިސްޝިފް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އެކުންފުނިން ހުޅުވައިލައްވައިފިއެވެ.

މިޕްރޮގްރާމް ހުޅުވާލުމުގެ ގޮތުން ޕްރޮގްރާމާބެހޭ މަޢުލޫމާތުދިނުމުގެ ހަރަކާތެއް މިއަދު ހަވީރު ވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބާއްވަވާފައެވެ.  އެމްޑަބްލިއުއެސްސީން ވިދާޅުވީ އެކުންފުނީގެ އެޕަރެންޓިސްޝޮޕް ޕްރޮގްރާމްގެ ދަށުން މިފަހަރު ފުރުޞަތު ހުޅުވާލައްވާފައިވަނީ ދިހަ ކުދިންނަށްކަމަށެވެ. ކުރިޔަށްއޮތް މޭ މަހުގެ ދެވަނަ ދުވަހާއި ހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައްވާފައިވާ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެކުންފުނީގެ އޮޕްރޭޝަން ޑިވިޝަންގައި، މެނުފެކްޗަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދެއްވައެވެ. 

މިޕްރޮގްރާމް ނިމޭއިރު، މަސައްކަތަށް އެންމެ ރަނގަޅު ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ދެއްވާނެކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދެއްވައެވެ. އެމްޑަބްލިއުއެސްސީގެ ފުރަތަމަ އެޕަރެންޓިސްޝޮޕް ޕްރޮގްރާމުގެ ދަށުން މިހާރުވެސް ފަނަރަ ފަރާތްތަކުން އެކުންފުނީގައި މަސައްކަތު ތަޖްރިބާ ހޯދަމުންދާކަން އެކުންފުނިން ފާހަގަކުރައްވައެވެ.