ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި


  • މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ނުރަސްމީ ފުރަތަމަ ދަތުރުފުޅު

  • މިހާތަނަށް އެމަނިކުފާނު ވަނީ 3 ޤައުމަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ނުރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެތެރޭގައި އެމަނިކުފާނު ވަނީ 3 ޤައުމަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެއީ ތުރުކީވިލާތް، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އަދި އެކުވެރި އަރަބި އިމާރާތަށް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަންނަވާފައިވެއެވެ.