ޚަބަރު

އިންޑިއާ އަސްކަރީ މަނަވަރު އައިއެންއެސް ބިއާސް ރާއްޖެ އަތުވެއްޖެ


އިންޑިއާ އަސްކަރީ މަނަވަރު "އައިއެންއެސް ބިއާސް" ރާއްޖެ އަތުވެއްޖެއެވެ.

އައިއެންއެސް ބިއާސްގެ މި ދަތުރުގައި، ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން މިއަދު ސަވައިލަންސް ޕެޓްރޯލެއް ފަށާނެއެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސާރވިސް ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މިސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.

އައިއެންއެސް ބިއާސް ރާއްޖެކުރި ދަތުރު ނިންމާލުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.