ވިޔަފާރި

ހާބަރު ކެފޭތައް ނެގުމަށް ދިން މުހުލަތު ހަމަވެއްޖެ


ހުޅަނގު ބަނދަރު ސަރަޙައްދުގައި މިހާރު ހުރި ކެފޭތައް ނެގުމަށް ސަރުކާރުން ދެއްވާފައިވާ މުހުލަތު ހަމަވެއްޖެއެވެ. img:http://s3.psmnews.mv/images/660x400/9060.jpg|ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހުރި ކެފޭތައް / ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓްރީގެ ފަރާތުން ހުޅަނގު ބަނދަރު ސަރަޙައްދުގައި ހުރި ކެފޭތައް ނެގުމަށް އަންގަވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ މުއްދަތު ހަމަވެފައިވަނީ މިއަދު ހަވީރު 4 ޖެހިއިރުއެވެ. ހުޅަނގު ބަނދަރު ސަރަޙައްދުގައި ހުރި ކެފޭތަކާއި ފިހާރަތައް ހައުސިން މިނިސްޓްރީގެ އެންގެވުމާ އެއްގޮތަށް ހުސްނުކޮށްފިނަމަ، އެ ތަންތަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހުސްކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކެފޭތަކާއި، ފިހާރަތައް ނެގުމަށް ދެއްވާފައިވާ 72 ގަޑިއިރު ހަމަވުމުން އެތަން ސާފުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. img:http://s1.psmnews.mv/images/660x400/8076.jpg|ހާބަރު ސަަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ ފުޑްކޯޓުތަކެއްގެ ޑިޒައިން ދައްކުވައިދޭ ފޮޓޯއެއް / ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މިނިސްޓްރީން ހުސްކުރަންފަށާ ކެފޭތަކުގައި ހުރި މުދަލަކަށް ލިބޭ ގެއްލުމުގެ ޒިންމާއެއް ދައުލަތުން ނުއުފުއްލަވާނެ ކަމަށެވެ. ހުޅަނގު ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ އެސްޓީއޯއާއެވެ.