ޗަމްޕާ ބްރަދާސްއިން ރަމަޟާންމަހަށް ޚާއްސަކޮށްގެން ދިވެހިންނަށް ބަހަން ނިންމި ތަކެތި އިތުރުކޮށްފިއެވެ.
ޗަމްޕާ ބްރަދާސްއިން ވަނީ މި ހަފުތާ ތެރޭގައި އިތުރު 25 ޓަނު ކަރައާއި 25 ހާސް ކާށި އަދި 10 ޓަނު އަލުވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއަށް ހަވާލުކުރުމަށް ނިންމާފައެވެ. އިތުރުކުރި ކަރާ، ކާށި މިހާރު ހުރީ ރާއްޖޭގައި ކަމަށާއި 10 ޓަނު އަލުވި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް އެކުންފުނިން ބުނެއެވެ.
ޗަމްޕާ ބްރަދާސްގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގުގައި އެންމެ ފުރަތަމަ ބަހަން ނިންމީ 50 ޓަނު ކަރައާއި 50 ހާސް ކާށި އަދި 10 ޓަނު ފިޔާއެވެ. އެހެންކަމުން މިހާރު އިތުރު ކުރި ތަކެއްޗާއެކު ޖުމްލަ 75 ޓަނު ކަރައާއި 75 ހާސް ކާށި އަދި 10 ޓަނު ފިޔާ އާއި 10 ޓަނު އަލުވި ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފައެވެ.
ޗަމްޕާ ބްރަދާސްއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ތަކެތި މިހާރު ވަނީ ބަހަން ފަށާފައެވެ. އެގޮތުން ރޭގަނޑު 21:00އިން 12:00އަށް އެތަކެތި ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އައިޑީކާޑު ހިފައިގެން ދިއުމުން މިތަކެތި ދޫކުރަމުންދާނީ މާލޭގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިންނާއި ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިންގ އިން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.