ޚަބަރު

އިސްރާއީލު ސިފައިން ފަލަސްޠީނުގެ ދެ މީހެއް ޝަހީދުކޮށްލައިފި


އިސްރާއީލު ސިފައިން ފަލަސްޠީނުގެ ދެ މީހެއްގެ ގަޔަށް ބަޑި ޖަހާ ޝަހީދުކޮށްލައިފިއެވެ.

މިޖަރީމާ ހިންގާފައިވަނީ ހުޅަނގުއައްސޭރީގައި އިސްރާއީލު ސިފައިން ޤާއިމުކޮށްފައިވާ ޗެކް ޕޮއިންޓެއްގެ ކައިރީގައެވެ. ފަލަސްތީނުގެ ސިއްޙަތާބެހޭ ދާއިރާއިން ބުނީ އިސްރާއީލުގެ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ ފަލަސްތީނުގެ އަންހެނަކާއި ފިރިހެނެއް ކަމަށާ އެދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެބެއިން ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލު ސިފައިން ދިން އެކި ޙަމަލާތަކުގައި ފަލަސްތީނުގެ 193 މީހަކުވަނީ ޝަހީދުކޮށްލާފައެވެ.