ޚަބަރު

ކޮމަންޑޫ އިސް މެޖިސްޓްރޭޓް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވައިފި


  • ފަނޑިޔާރުން އެދިވަޑައިގެން އެއް ދަރަޖައެއްގެ ކޯޓަށް ބަދަލުކުރައްވާ

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ބަދަލުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށް ނިންމެވީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެންކަމަށެވެ.

ފަނޑުޔާރުން އަމިއްލަފުޅަށް އެދިވަޑައިގެން، މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމަކީ ޤަވާއިދުގެ ދަށުން ޖޭއެސްސީން ކުރަމުން އަންނަކަމެކެވެ.