ޚަބަރު

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބަރލިންއަށް ވަޑައިގެންފި


ޖަރުމަނުވިލާތުގެ ޗާންސެލަރ އަންގެލާ މަރކަލް އާއި ބައްދަލުކުރެއްވުމަށްޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބަރލިންއަށް ވަޑައިގެންފިއެވެ.

އޮބާމާއާއި މަރކަލް ގެ މަޝްވަރާތައް ބިނާކުރައްވާނީ ޔުކްރޭންގެ މައްސަލައާއި ވިލާތަށް ކުރިމަތިވެފައިވާ އަމަނާބެހޭ މައްސަލަތަކާ އަދި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަމާ ކުރިމަތިލާނެ ގޮތްތަކާބެހޭގޮތުން ކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ. ޖަރުމަނުވިލާތަކީ ގަލްފާއި ވިލާތަށް އޮބާމާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.

އޮބާމާ ބަރލިންއަށް ވަޑައިގަތީ އިނގިރޭސިވިލާތަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުއެވެ. އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ކުރިން އޮބާމާވަނީ ސަޢޫދީ ޢަރަބިޔާއަށް ދެދުވަހުގެ ދަތުރުފުޅެއް ކުރައްވައި ގަލްފުކޯޕަރޭޝަން ކައުންސިލްގެ ޤައުމުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ.