ޚަބަރު

ރައީސުލްޖުމްހޫރިއްޔާ 3 މަޤާމަކަށް ބޭފުޅުން އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ 3 މަޤާމަކަށް ބޭފުޅުން މިއަދު އައްޔަންކުރައްވައިފިއެވެ.

އެގޮތުން ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޖުނެއިދު އެމަޤާމުން ވަކިކުރައްވާ އެމަޤާމަށް އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައެވެ. އިބްރާހިމް ޝަރީފް ކުރިން ހުންނެވީ އެމްޕީއެލްގެ ސީއީއޯގެ މަޤާމުގައެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި މުހައްމަދު ހުޝާމް އެމަޤާމުން ވަކިކުރައްވާ އެމަޤާމަށް އަހުމަދު ޝިހާން ވަނީ އައްޔަންކުރައްވާފައެވެ. 

މީގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަޤާމަށްވެސް ބޭފުޅަކުވަނީ ޢައްޔަން ކުރައްވާފައެވެ. އެ މަޤާމަށް ޢައްޔަން ކުރެއްވީ އަހުމަދު ނަޝީދުއެވެ.