ޚަބަރު

އިކުއެޑޯރ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 646 އަށް އަރައިފި


މިދިޔަ ހަފްތާގައި އިކުއެޑޯރގެ ކަނޑުގެ އައްސޭރި ފަށަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވިމީހުންގެ އަދަދު 646 އަށް އަރައިފިކަމަށް އެގައުމުގެ ރައީސް ރަފައޭލް ކޫރިއްޔާ ވިދާޅުވެއްޖެއެވެ. 

އިކުއެޑޯރގެ ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ކޫރިއްޔާ ވިދާޅުވީ ބިންހެލުމުގައި މަރުވިމީހުންގެ އަދަދު 646 އަރާފައިވާއިރު މިކާރިޘާގައި 12 ހާސް ހަތަރު ސަތޭކަ ނުވަދިހަ ދެމީހުން ޒަޚަމްވެ ސައްބީސް ހާހަށްވުރެ ގިނަމީހުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާކަމަށެވެ.މިއީ ގައުމީ ފެންވަރުގެ ބޮޑު ކާރިޘާއެއްކަމަށް ކޫރިއްޔާ ސިފަކުރެއްވިއެވެ. މިދިޔަ ހަފްތާގައި އިކުއެޑޯރއަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް އަށެއްގެ ބާރުމިނުގައެވެ. އެބިންހެލުމުގައި ވެއްޓުނު ބޮޑެތި އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު ސަތޭކަ ތިރީހަށް އަރާކަމަށް އެގައުމުން ބުނެއެވެ.