ކުޅިވަރު

މ.އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މުލައް ހޯދައިފި


މުލަކަތޮޅު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މ.މުލަކު ވޮލީ ޓީމް ހޯދައިފިއެވެ. މުލަކު ވޮލީޓީމް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މ. މުލީ ޓީމް ތިން ސެޓް ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. 

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތައް ދިޔައީ 25-22 21-25، 25-21، 25-13 އަދި 15-12 ނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ މުލަކު ވޮލީ ޓީމްގެ އަޙްމަދު މުޙައްމަދެވެ. މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ވޭވަށު ޓީމްގެ ބަދީއު އަޙްމަދު. މުލީ ޓީމްގެ ޝިފާޒް މުފީދު، މައުރޫފް މުޙައްމަދު، މުލަކު ޓީމްގެ މުޙައްމަދު ޢަބްދުއް ސަމަދު، އިބްރާހީމް އަރީފް އަދި ނާލާފުށި ނައިޑާގެ މުޙައްމަދު ޢަބްދުއްސަމަދެވެ. މިމުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކީ މުލީ ޓީމްގެ އާދަމް ރިޔާޒެވެ. އެންމެ މޮޅު ކޯޗަކީ މުލަކު ޓީމްގެ އިބްރާހީމް ޒައީމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މުލީ ޓީމްގެ އަޙްމަދު އަރީފްއެވެ. ފެއާޕްލޭ ޓީމަކީ ނާލާފުށި ނައިޑާއެވެ. މިމުބާރާތުގެ ރަނަރަޕް ޓީމަށް ފަސްހާސް ރުފިޔާ އަދި ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާ މުލަކަތޮޅު ކައުންސިލުންވަނީ ދީފައެވެ. މިމުބާރާތުގައި މ.އަތޮޅުގެ ފަސް ރަށެއްވަނީ ވާދަކޮށްފައެވެ.



*