ޚަބަރު

ރައްޔިތުން އެދޭ ތަރައްޤީ ގެނެވޭނީ ލާމަރުކަޒީ ނިޒާމު ބާރުވެރިކޮށްގެން: ރައީސް


  • ރައީސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާފައި

  • ރައީސް ވަނީ ޢާމްދަނީ ހޯދުމަށް ކައުންސިލްތަކަށް ފަޅު ރަށް ދޫކުރުމަށް ނިންމަވާފައި

ރައްޔިތުން އެދޭ އަމާޒަށް ތަރައްޤީގެ މިސްރާބު ހިފޭނީ ލޯކަލް ކައުންސިލްތައް ބާރިވެރިކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނަމުގައި ވުޒާރާއެއްވެސް އުފައްދަވާފައެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކަށް ފޯރުކޮށްދިނުމަށް ރައީސް ވަނީ ރަށު ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ މަސައްކަތްތައް ކުރުމަށް ފަޅު ރަށްރަށް ދޫކުރުމަށް ނިންމަވާފައެވެ. އެ ނިންމެވުމާއެކު ގިނަ ބަޔަކު ވަނީ ރައީސަށް ތަޢުރީފުކޮށްފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ވަނީ ލާމަރުކަޒީ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނެސްފައެވެ.