ޚަބަރު

ހަފުތާ 14ގެ ދަށުން ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓް ހުޅުވައިފި


  • މިމަހު 9 ޕޮލިސް ޕޯސްޓެއް ވަނީ ހުޅުވާފައި

  • އިތުރު ރަށްރަށުގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުން

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމުގެ ވައުދުގެ ދަށުން ސަރުކާރުގެ ހަފުތާ 14 ގައި ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތްދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ:

  • ހއ. ފިއްލަދޫ
  • ހދ. ކުރިނބި
  • ހދ. ނެއްލައިދޫ
  • ށ. ޅައިމަގު
  • ނ. ޅޮހި
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. މިލަދޫ
  • ބ. މާޅޮސް
  • ބ. ކިހާދޫ
  • ބ. ކުޑަރިކިލު
  • ބ. ހިތާދޫ
  • ވ. ތިނަދޫ
  • ވ. ފުލިދޫ
  • ދ. ހުޅުދެލި
  • ތ. ވަންދޫ
  • ތ. ގާދިއްފުށި
  • ލ. މާބައިދޫ
  • ގއ. ކޮނޑޭ

މި ޕޮލިސް ޕޯސްޓުގެ ތެރެއިން 9 ތަނެއް ހުޅުވާފައިވަނީ މި މަހުގެ ތެރޭގައެވެ. އަދި ފާއިތުވި ޖަނަވަރީމަހު 7 ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވާފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 3 ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތް ފަށާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.