ހުޅުމާލޭ މިދިލި މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިތަކުގައި ޖެހިގެން ކަމަށެވެ. މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8.45 ހާއިރު ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މިއެކްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީގު ކުރަމުންނެވެ.