ޚަބަރު

އައްޑޫ ބްރިޖް ސަރވޭގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފި


  • މިމަސައްކަތް ކުރަނީ މިސްރުގެ "ދި އަރަބް ކޮންޓްރެކްޓަރސް"އިން

  • ސަރވޭ ކުރިއަށްދަނީ ހިލޭއެހީގައި

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ ސަރވޭގެ މަސައްކަތް ކުރިއަށްގެންދިއުމަށް މިސްރުގެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރައްވައިފިއެވެ.

މިމަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މިސްރުގެ "ދި އަރަބް ކޮންޓްރެކްޓަރސް"އާއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިެވެ. ދި އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ބޯޑް މެންބަރު ހެބާ އަޙްމަދު އަބޫ ލައިލާއެވެ.

ސަރވޭގެ މަސައްކަތް ނިންމާ އައްޑޫ ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިސަރވޭގެ މަސައްކަތް ކުރަނީ ހިލޭ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމިޓަރުގެ ބްރިޖެކެވެ. ސަރުކާރުގެ ޢަމާޒަކީ މިދަޢުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމެވެ.