ރާއްޖޭގައި ޑިމޮކްރަސީ ފެށިގެން އައި ދުވަސްވަރުން ފެށިގެން މިހާތަނަށް ސިޔާސީކަންކަމުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ސިޔާސީ ހަރަކާތްތެރިއެއްކަމަށްވާ މުޙައްމަދު ނަޝީދު ނިޔާވެއްޖެއެވެ.
ނަޝީދު ނިޔާވުމާއި ގުޅިގެން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ގެންދަވަނީ ތަޢުޒިޔާ ދަންނަވަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފްވެސް ތަޢުޒިޔާ ވިދާޅުވެފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) February 18, 2024
މުޙައްމަދު ނަޝީދު (ބޭބީ) މ.ނިއު ސަނީވޭ ނިޔާވި ޚަބަރު އެހީ ކުއްލި ހައިރާންކަމާއި ފުންހިތާމަ އާއެކު،މާތްﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި!އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި!އާމީން pic.twitter.com/JuwawDcpID
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނަޝީދު ނިޔާވީ ޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާއި ފުންހިތާމާއެކުގައިކަމަށެވެ.
ނަޝީދު ނިޔާވުމާއި ގުޅިގެން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ގެންދަނީ ތަޢުޒިޔާ ފޮނުވަމުންނެވެ. މުޙައްމަދު ނަޝީދަކީ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމް ރާއްޖެއަށް ތަޢާރަފްވެގެން އައި ދުވަސްވަރު މީޑިއާގެ ދާއިރާއިން ވަރަށް ޙަރަކާތްތެރި މީހެކެވެ.