ޚަބަރު

ގެންބިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ގެންބިއާގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގެންނެވި

  • ރާއްޖެއިން ގެމްބިޔާއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ، 3 ޖުލައި 1989ގައި

ގެންބިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އަޑާމާ ބަރޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ގެންބިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ގެންބިއާގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވައި، ގެންބިއާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖެއިން ގެމްބިޔާއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 3 ޖުލައި 1989ގައެވެ.