ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ސްޕަވައިޒަރުން ތަމްރީންކޮށްފި


އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގަބޫލު ކުރާ ފެންވަރަށް ރާއްޖޭގައި ހިންގި އޭވިއޭޝަން ސެކިއުރިޓީ ސްޕަވައިޒަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.

ކޮމާންޑް (އޭވީއެސްއީކޮމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ނިންމާލުމަށް ކޯސްޓް ގާރޑް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އޭވީއެސްއީކޮމް އިން ކުރިއަށްގެންދިޔަ ކޯހަކީ ވައިގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގަބޫލު ކުރާ ފެންވަރަށް އެ ދާއިރާގެ މީހުން ތަމްރީނު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ. އަދި އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތްކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތަކަށްވެސް މަންސޫރުގެ ވާހަކަގައި އަލިއަޅުވައިލެއްވިއެވެ.

18 ދުވަހަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ގިރިފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ޖުމްލަ 10 ބައިވެރިން ބައިވެރިވި މިކޯހުގައި ސަރަހައްދުތަކަށް ވަދެ ނުކުންނަ ގޮތާއި މީހުން ބަލައި ފާސް ކުރާނެ ގޮތްތާއި ލަގެޖްފަދަ ތަކެތި ޗެކްކުރާނެ ގޮތް ވަނީ ދަސްކޮށްދީފައެވެ.