ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރައްވައިފިއެެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރމަންޓްސް ސަމިޓުގެ ހަވާސާގައެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.
މިދިޔަ ނޮވެމްބަރުމަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީވިލާތަށެވެ.
ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީއާ ދެމެދު ވަނީ މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައިވެއެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވުމަށްވެސް ވަނީ ނިންމާފައެވެ.