ޚަބަރު

ދަ ޑިމޮކްރެޓްސްގެ ރައީސްގެ ކައުންސިލަށް އިތުރު 8 މެންބަރުން


  • ޑިމޮކްރެޓްސްގެ ރައީސްގެ ކައުންސިލަކީ ޕާޓީގެ ރައީސަށް ލަފާ ދިނުމަށް އުފައްދާފައިވާ ކައުންސިލެއް

  • ޕާޓީން ވަނީ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމާއި ޑެޕިއުޓީ ލީޑަރުކަމަށް ހޮވުނު ފަރާތްތައް އިޢުލާނުކޮށްފައި

ދަ ޑިމޮކްރެޓްސްގެ ރައީސްގެ ކައުންސިލަށް ލަފާދެއްވާނެ އިތުރު 8 މެންބަރަކު ޢައްޔަންކޮށްފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ޤައުމުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤުތިޞާދީ ކަންކަމުގައި ޕާޓީގެ ރައީސަށް ލަފާދިނުމަށް އުފައްދާފައިވާ ކައުންސިލަށް އިތުރު 8 މެންބަރަކު އައްޔަންކޮށްފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްގެ ކައުންސިލަށް ލަފާދެއްވުމަށް ޢައްޔަންކުރެވުނު އިތުރު މެންބަރުންނަކީ

  • މުޙައްމަދު އިބްރާހީމްދީދީ (މޮޑީ) - މާދަޑު. ވިދުވަރުގެ، ޏ، ފުވައްމުލައް
  • އަޙްމަދު މަޢުޞޫމް - ގ. ޕްލެޒެންޓްވޭވްސް، މާލެ
  • ސިފާ މުޙައްމަދު - ގ. އެޓްނާ، މާލެ
  • ތަޥްފީޤު ޢަބްދުﷲ - ލިލީގެ، ގއ. ކޮލަމާފުށި
  • ޙުސައިން ސަލްމާން - ބިއުޓީ، ސ. މަރަދޫ
  • މަރްޔަމް ޖެނިފާ މުޞްޠަފާ - ގ. ބޮޑުފެންވަޅުގެ، މާލެ
  • ޢަލީ އަޒުހަދު މުޙައްމަދު (އޮޒޭ) - ސްޙާޤް، ހދ. ކުޅުދުއްފުށި
  • އާދަމް ޝަރީފް އަޙްމަދު - ދަފްތަރު. ނަންބަރު ރސ 2809، މާލެ


މީގެ އިތުރުން ދަ ޑިމޮކްރެޓްސުން ވަނީ އެ ޕާޓީގެ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމާއި ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމަށް ބޭފުޅުން އިންތިޚާބުވެފައިވާކަން ވެސް އިޢުލާނުކޮށްފައެވެ. އެ ގޮތުން ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމަށް އިންތިޚާބުކޮށްފައި ވަނީ މުޙައްމަދު މާސިހުއެވެ. އޭނާ އިންތިޚާބުވެވަޑައިގަތީ ވާދަކުރުމަށް ދެން ހުށަހެޅި ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދިޔުމުންނެވެ.

ޔަންގް ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރުކަމަށް އިންތިޚާބުކޮށްފައި ވަނީ މުޙައްމަދު އަޒުވަރެވެ. އަޒުވަރު ވެސް އިންތިޚާބުކޮށްފައި ވަނީ ވާދަކުރުމަށް ދެން ހުށަހެޅި ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދިޔުމުންނެވެ.