ވިޔަފާރި

މީރާ މެދުވެރިކޮށް ލިބުނު އާމްދަނީގެ %66.5 ބަލައިގަތީ ޑޮލަރުން


މި އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 66.5 އިންސައްތައަކީ، އެމެރިކާ ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީކަމަށް މީރާއިން ހާމަކޮށްފިއެވެ.

މި އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި މީރާއަށް 4.32 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާކަމަށް މީރާއިން ބުނެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 16.1 އިންސައްތަ އިތުރު އަދަދެކެވެ.

މި އަހަރުގެ ޖެނުއަރީއިން މާރޗު މަހުގެ ނިޔަލަށް މީރާއަށް ޑޮލަރުން ބަލައިގެންފައިވާ އާމްދަނީގެ އަދަދަކީ، 187.73 މިލިޔަން ޑޮލަރެވެ. މިއީ، ދިވެހި ރުފިޔާއިން ބަލާނަމަ 2.87 ބިލިޔަން ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ދިވެހި ރުފިޔާއިން މީރާއަށް ބަލައިގެންފައިވާ އާމްދަނީގެ އަދަދަކީ، 1.45 ބިލިޔަން ރުފިޔާއެވެ.