ރަށްގިރުމާއި ކުނީގެ މައްސަލަތަކީ ރާއްޖޭގެ ގިނަރަށްތަކައް ދިމާވެފައިވާ ބޮޑު މައްސަލައެެކެވެ. ރާއްޖޭގެ ގިނަ އެހެން ރަށްތަކެކޭ އެއްގޮތަށް ހުރާއަށްވެސް ވަނީ މިމައްސަލައާ ކުރިމަތިލާން ޖެހިފައެވެ. އެރަށަށް ދިވާމެވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެރަށު ކައުންސިލުން ފާހަގަކުރައްވާފައި ވަނީ ކުނީގެ މައްސަލައެވެ. މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރަށު ކައުންސިލުން ގެންދަވަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިރަށުގައި ވަނީ ކުނި ކޮށްޓެއް ޤާއިމުކުރައްވާފައެވެ. މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައާ ގުޅޭގޮތުން ޕީ.އެސް.އެމްއާ ވާހަކަ ދައްކަވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙުމަދު ވިދާޅުވީ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތާއި ކުނިކޮށި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން ގެންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14609650996909.jpg|ކ. ހުރާ ކުނި އަންދާ ސަރަޙައްދެއް - ފޮޓޯ: ޕީއެސްއެމް ނިއުސް
"މިރަށުގެ ރަށުގެ އެކި ދިމަދިމާއަށް ކުނިއަޅާ މައްސަލަ އެބައާދޭ. މިވަގުތު އަޅުގަނޑުމެން ކުރާ ކަމަކީ ކުނިކޮށި ފުރުނީމާ ކޮންމެވެސް މީހަކާ ގުޅައިގެން ނުވަތަ އިޢުލާނެއް ކޮށްގެން ވަރަށް ދަތި ޙާލުން ކުނީގެ މައްސަލަ ޙައްލުކުރަނީ. ކޮންމެ ފަހަރަކު ހައިމާކެއް ގެނައުމަކީ ވެސް ވާވަރުކަމެއް ނޫން" ހުރާ ކަންސިލަރ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14609651236492.jpg|ކ. ހުރާ ކުނި އަންދާ ސަރަޙައްދެއް - ފޮޓޯ: ޕީއެސްއެމް ނިއުސް
މި ރަށުގައި ޤާއިމްކުރައްވާފައިވާ ކުނިކޮށި އެޅުމަށްޓަކައި ސަރުކާރުން ބޮޑު އެހީތެރިކަމެއް ދެއްވާފައިވާކަން ހުރާ ކައުންސިލުން ފާހަގަކުރެއްވިއެވެ. ހުރާ ކުނިކޮށީގެ ވަށާފާރު ރޭނުމަށްޓަކައި 650،000 ރުފިޔާ ސަރުކާރުން ދެއްވާފައިވާކަން ހުރާ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުންގެންދަވާ އެއް މަސައްކަތަކީވެސް ކުނީގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. img:http://s4.psmnews.mv/images/660x400/14609651496347.jpg|ކ. ހުރާ ކުނި ކޮށި - ފޮޓޯ: ޕީއެސްއެމް ނިއުސް
ކުނީގެ މައްސަލައިގެ އިތުރަށް ކައުންސިލްގެ ރައީސް ވަނީ އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަވެސް ފާހަގަކުރައްވާފައެވެ. ހުރާ ކައުންސިލްގެ ރައީސް ޢީސަ ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ބޮޑަށް ފާހަގަކުރެވިފައިވަނި އެރަށު މީހުން ދިރު ނޫޅޭ ހިސާބުތަކުގައި ކަމަށެވެ. އެ ސަރަޙައްދުތަކީ ރައްޔިތުން މޫދަށް އެރުމަށް ހަދާފައިވާ ސަރަހައްދަކާއި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދެވެ. މި ދެ ސަރަޙައްދުވެސް ވަރަށް ބޮޑަށް ގިރާލާފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ހުރާގެ ތަރައްޤީއާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތަކުގައި ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ކައުންސިލުން ފާހަގަކުރެއްވިއެވެ.