ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޢާއިޝަތު ރަމީލާ ބޭސްފަރުވާއަށްފަހު ރާއްޖެއަށް ވަޑައިގެންފިއެވެ. ބޭސްފަރުވާއަށް ވަޒީރު ޗުއްޓީ ނެންގެވީ މިދިޔަ ނޮވެމްބަރުމަހުގެ 23ވަނަ ދުވަހުއެވެ.
އެކަމަނާ ގެންދަވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.
Al'hamdhu lillahi. Feeling happy to be home with loved ones. Completed 9 chemotherapy sessions without much side effects. Hoping to make the most of these few weeks before starting the 2nd phase of the treatment.
— Dr. Aishath Rameela 🇲🇻 🇵🇸 #FREE PALESTINE (@AishaRamy) February 4, 2024
Thank you everyone for the love, duas and well wishes.
ބޭސްފަރުވާގެ ފުރަތަމަ ފޭސް ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ކީމޯ ތެރަޕީގެ 9 ސެޝަން މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފަރުވާގެ ދެވަނަ ފޭސް ފެށުމުގެ ކުރިން ރާއްޖޭގައި ހޭދަކުރަން ލިބޭ މިދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުކަމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ އައްޔަންކުރެއްވީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ.
ބޭސް ފަރުވާއަށް ވަޒީރު ރަމީލާ ޗުއްޓީ ނެންގެވުމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގަވަމުން ގެންދެވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.