ޚަބަރު

ނަލަހިޔާ ހޮޓެލްއިން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ


ނަލަހިޔާ ހޮޓެލްގެ ފުރަތަމަ ފަންގިފިލާއިން ދުން އަރާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 18:22 ހާއިރުކަމަށެވެ. ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއްކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެސަރަހައްދުން ދުން ބޭރުކުރުމުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.