ޚަބަރު

ފުލުހުންގެ ކޮމިއުނިޓީ ފޯރަމް 3 ރަށެއްގައި ބާއްވައިފި


  • ފޯރަމް ބޭއްވީ ދުވާފަރު، ތިނަދޫ، ފޮނަދޫގައި

  • ފޯރަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމެއް

  • ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް މި ފޯރަމް ބާއްވާނެ

ކުރިއަށް އޮތް 5 އަހަރަށް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް، ޢާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ކޮމިއުނިޓީ ފޯރަމް 2 3 ރަށެއްގައި ބާއްވައިފިއެވެ. ފޯރަމް ބާއްވާފައިވަނީ ރ. ދުވާފަރާއި ގދ. ތިނަދޫ އާއި ލ. ފޮނަދޫގައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިފޯރަމްގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ޚިޔާލުހޯދައި، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ކުރި އެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ހެދިފައި ހުރި އުސޫލުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން، މި ފޯރަމްގެ ތެރޭގައި މަޢުލޫމާތު ދެއްވާފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި ފޯރަމްތަކުގައި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް އެއަތޮޅުތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ސީނިއަރ އޮފިސަރުންނާއި، ރީޖަން ކޮމާންޑަރުންނާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ އިތުރުން ސްޓްރެޓީޖިކް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، ޖަމުއިއްޔާތަކާއި، ވިޔަފާރިވެރިންގެ އިތުރުން، ރަށްރަށުގެ ކަމުވޮށިގެންވާ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މި ކޮމިއުނިޓީ ފޯރަމް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާނެއެވެ. ކޮންމެ ރަށެއްގައިވެސް ފޯރަމް ބާއްވާނީ 1 ދުވަހުގެ
މުއްދަތަކަށެވެ.