ޚަބަރު

ބާ ކައުންސިލުގެ ރައީސް ވިޝާމް އަވަހާރަވެއްޖެ


  • އޭނާ އަވަހާރަވީ މިރޭގެ ވަގުތެއްގައި

ބާ ކައުންސިލުގެ ރައީސް އިސްމާއިލް ވިޝާމް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޝާމް އަވަހާރަވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

‏ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމަށާއި ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސްކަމަށް ވިޝާމް އިންތިހާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުއެވެ.

ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.