ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް ވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އީޔޫގެ އިސް އޮފިޝަލުންނާއި ޔޫރަޕިއަން ޕާލިމަންޓްގެ މެމްބަރުންނާއި ބައްދަލުކުރައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ހާރިޖީ ވަޒީރު ބެލްޖިއަމަށް ކުރައްވާ ދަތުރުފުޅުގައި އީޔޫގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، 3 ވަނަ "އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް"ގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.