ޚަބަރު

މަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކުން އަރާފައިވާކަމަށް ބުނާ ސަރަހައްދަށް ކޯސްޓްގާރޑުން ދަތުރުކުރަނީ


ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެސަރަހައްދަށް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ އަސުރުމާ 3 ދޯންޏަށް މިވަގުތު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރާފައިވާކަމަށް ސޯޝަލް މީޑިއާގައި ދަނީ ޚަބަރުފަތުރަމުންނެވެ.