ޚަބަރު

ނައުރޫއަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން ތަޙްނިޔާ ފޮނުއްވެވި

  • ނައުރޫގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގެންނެވި

ނައުރޫގެ މިނިވަންދުވަހުގެ މުނާސަބަތުއި އެ ޤައުމުގެ ރައީސް ޑޭވިޑް ރަނިބޮކް އެޑިއެންއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ‌‌‏އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ނައުރޫގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ނައުރޫގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވައި ނައުރޫގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

އޮސްޓްރޭލިޔާގެ އަތްދަށުން ނައުރޫއަށް މިނިވަންކަން ލިބުނީ 1968 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ.