މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮތް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މަރުވެފައި އޮތް ފެނުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް އުޅުނު 67 އަހަރު ދިވެހި ފިރިހެއްކަމަށެވެ. އަދި އޭނާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އެނާ ހުރި ގެއަށް ގޮސް ފުލުހުން ބެލިބެލުމުންކަމަށެވެ.
ފުލުހުން ވިދާޅުވީ މި މީހާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 8:50 ހާއިރުކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ ކުރިކީލަމަގުގައި ހުރި ގެއަކުންނެވެ.
ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.