ވިޔަފާރި

މެރިޓައިމް އިންޑިޔާ ސަމިޓުގައި މިނިސްޓަރ ސަޢީދު ބައިވެރިވެއްޖެ


އިންޑިޔާގައި މިހާރު ކުރިޔަށްދާ "މެރިޓައިމް އިންޑިޔާ ސަމިޓް 2016" ގައި އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެ ވަޑައިގެންފިއެވެ.

މުމްބާއީގެ ކޮންވެންޝަން ސެންޓަރުގައި ބާއްވާ މިސަމިޓް ހުޅުއްވައިދެއްވީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މެރިޓައިމް އިންޑިޔާ ސަމިޓަކީ، ޑްރެޖަރ އަދި އާގުބޯޓުފަހަރު ބަންނަ ފަރާތްތަކަށާއި، މިފަދަ އުޅަނދުފަހަރު މަރާމާތުކުރުމާއި ޚާއްޞަކޮށް މެރިޓައިމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަ ސަމިޓެކެވެ. އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށްދާ މި ސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުން ދެހާހެއްހާ މަންދޫބުން ބައިވެރިވެއެވެ.

img:http://s4.psmnews.mv/images/660x400/14607242285299.jpg|އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު(ކ)، އިންޑިޔާގެ މިނިސްޓަރ އޮފް ޝިޕިންގ(ވ)،އާއި ބައްދަލުކުރައްވަނީ- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މެރިޓައިމް އިންޑިޔާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިންޑިޔާއަށް މި ކުރައްވާ ޒިޔާރަތުގައި، ވަނީ އިންޑިޔާގެ މިނިސްޓަރ އޮފް ޝިޕިންގއާއި ބައްދަލުކުރައްވާފައެވެ.