ސިއްހަތު

އައިޖީއެމްއެޗުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ފެއަރއެއް


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އައިޖީއެމްއެޗުން ދޭ ހުރިހާ ޚިދުމަތެއް ފެންނަ ގޮތަށް އަސިސަގެ ނަމުގައި ފެއަރއެއް ބާއްވަން ނިންމަވައިފިއެވެ.

ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

އައިޖީއެމްއެޗުގެ ޑިޕާޓްމަންޓް އޮފް މެޑިސިންގެ އެކްޓިންގ ހެޑް ޑރ.މޫސާ މުރާދު ވިދާޅުވީ މި ފެއަރގައި އެކާވީސް ވަރަކަށް ސްޓޯލް ހުންނާނެކަމަށާއި، މި ފެއަރގެ ބޭނުމަކީ އެކި ޑިޕާޓްމަންޓްތަކުން ދޭ ޙިދުމަތްތައް އާންމުނަނަށް ދައްކާލުންކަމަށެވެ. އަދި އަސިސަ ފެއަރ ސިފަވެގެންދާނީ ކުޑަ އައިޖީއެމްއެޗެެއްގެ ސިފައިގައިކަމަށާއި، މި ފެއަރގައި އައިޖީއެމްއެޗްގެ ދަށުން ހިންގަމުން އަންނަ ވިލިމާލެ ހޮސްޕިޓަލްވެސް ބައިވެރިވާނެކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.