ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ


  • ގެއްލިގެން ހޯދަމުންދިޔައީ ދ. މީދޫ، ދުނިބުރިމާގެ މަރްޔަމް ރާމިޒާ

  • އޭނާ ފެނިފައިވަނީ މިއަދު މާލެއިން

ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ދ. މީދޫ / ދުނިބުރިމާގެ މަރްޔަމް ރާމިޒާއެވެ.

ފުލުހުން ވިދާޅުވީ މިއަދު 11:40 އެހައިކަންހާއިރު މާލެއިން އެ އަންހެން މީހާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ގެ ހާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެ އަންހެން މީހާގެ އާއިލާއަށް ޚަބަރެއް ނުވެގެން، ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ 8:37 ހާއިރުކަމަށެވެ.