ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގައި 2 މީހަކު ހޯދަނީ


  • އުޅޭ ވަކިތަނެއް ނޭގުމުން ޗިޓުވަނީ ހަވާލުނުކުރެވިފައި

  • ހާޒިރުވާންޖެހެނީ މިމަހުގެ 31ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް

ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް 2 މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ށ. ފޭދޫ، ކަސްތޫރިމާގެ (52އ) އަބްދުލް ޤާދިރާއި، ސ. ހިތަދޫ / އައިޑަންވޫޑް (22އ) ފާތިމަތު ނަޝާޔާއެވެ.

ފުލުހުން ވިދާޅުވީ މި ދެ މީހުން އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތް ބަޔާންކުރާ އިޖުރާއަތުގެ ދަށުން ތަޙުގީގަށް ހާޒިރުވުމަށް އަންގައި ޢިއުލާންކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ތަޙުގީގަށް މި 2 މީހުން ހާޒިރުވާންޖެހެނީ މިމަހުގެ 31ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށެވެ.