އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އަހުމަދު ރިލްވާން (ރިލޭ) ގެ ހެޓްރިކަކާ އެކު ކުލަބު ޓީނޭޖް ބަލިކޮށް ޓެންޓް ސްޕޯޓްސް ކުލަބު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޓެންޓް ސްޕޯޓްސް ކުލަބުން ޓީނޭޖް ބަލިކޮށްފައިވަނީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. މި ނަތީޖާއާއެކު ންމެ ފަހުގެ ރަނަރަޕް ޓީނޭޖް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ، ބާކީ މެޗެއް އޮއްވައި މުބާރާތުން ކަޓައިފައެވެ.
ޓީނޭޖް އަތުން ބޮޑު މޮޅެއް ހޯދި މެޗުގެ ފުރަތަމަ ހާފުގައި ޓެންޓް ވަނީ ދެ ލަނޑު ޖަހާފައވެެ. ދެވަނަ ހާފުގައި ހަތް ލަނޑު ޖެހިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓެންޓުން ލީޑު ނެގީ ރިލްވާން ޖަހައިދިން ލަނޑުންނެވެ. އެ ޓީމަށް ލީޑް ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު އަބްދުލްފައްތާހެވެ. ތިންވަނަ ގޯލެއް ޖަހަން ޓެންޓް ސްޕޯޓްސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އަބްދުލްފައްތާހު ފޮނުވާލި ޕެނަލްޓީ އަނިޔާވެގެން ބަދަލަކަށް ކުޅެން އެރި ޓީނޭޖްގެ ބަދަލު ކީޕަރު މިއުރާޝް ދިފާއުކުރި އެވެ.
ދެވަނަ ހާފުގައި ޓެންޓުގެ ތިންވަނަ ލަނޑު 57 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް އާޒިމް އެވެ. އަދި ބޮލުން ޖެހި ގޯލާއެކު ރިލްވާން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއިރު ފަސްވަނަ ލަނޑު ޖަހައިދިނީ އަބްދުލްފައްތާހެވެ. ރިލްވާން ހެޓްރިކް ފުރިހަމަކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ޓެންޓްގެ ނުވަވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އަހުމަދު އަމްޖަދު (އަމްޖު) އެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން އަހުމަދު ފިރާޝް ޓެންޓުގެ އަށްވަނަ ލަނޑު ކާމިޔާބުކުރި އެވެ. އަދި ފަހު ލަނޑު ޖަހައިދިނީ ސްރީލަންކާގެ ޗަލަނަ ޗަމީރާ އެވެ.
މެޗުގައި ޓީނޭޖުގެ ހަމައެކަނިި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޝުޖާއު އެވެ.