ކުޅިވަރު

16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފި


މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފިއެވެ. ޣާޒީ ސްކޫލް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ރަސްމީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި 2-0 ން ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށްގެންނެވެ. 

މެޗުގައި ޣާޒީ ސްކޫލްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ހަސަން އަނޫފް އިސްމާއީލްއާއި، އަބުދުﷲ ޔުޝްރީއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ މުހުޔިއްދީން ސްކޫލްގެ އަހުމަދު ޒާހިރުއެވެ. އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު އަހުސަމް މޫސާ، އިރުޝާމް އާދަމް ނަސީރު، މުޙައްމަދު ޝަޒީލް، މުޙައްމަދު ޒިހާން ހުސައިން، ޣާޒީ ސްކޫލްގެ ހަސަން އަލީފް، ޢަލީ އަޝަމް ޢަބްދުﷲ، ޔާމިން އަލީ، މުޙައްމަދު ރާއިފް އަބުދުﷲ، އަދި ހަސަން ނަވާޒްއެވެ. 

މުބާރާތުގެ ދެވަނަ ޓީމްގެ އިތުރުން ފެއަޕްލޭ ޓީމަކީވެސް ދ.އަތޮޅު ތައުލީމީ މަރުކަޒެވެ. ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމްގެ ކޯޗު ބުނީ މެޗަށް ނިކުތީ ފައިނަލްގެ ކުރިން ދ.އަތޮޅު ތައުލީމީމަރުކަޒު އަތުން ބަލިވެފައިވުމުން އެކަމަށް ތައްޔާރުވެގެންކަމަށާއި، މިއީ ކުޅުންތެރިން ކުރި މަސައްކަތްކަމަށެވެ. 

ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ކޯޗު ބުނީ ތަށި ހޯދުން ފިޔަވައި އެހެން ހުރިހާކަމެއް ކުޅުންތެރިން ކޮށްފިކަމަށާއި، ރަށް އެއްބައިވަންތަކުރުވާ، ހުނަރުވެރި ކުޅުންތެރިންތަކެއް ތިބިކަން މުޅި ރާއްޖެއަށް ދައްކުވައިދީފިކަމަށެވެ.