ޚަބަރު

އޯވަރހެޑް ބްރިޖްގެ ޑިޒައިނަށް ބަދަލުގެނެސް މަސައްކަތް ފަށައިފި


ރަސްފަންނުގައި ހައްދަވާ އޯވަރހެޑް ބްރިޖްގެ މަސައްކަތް ނުނިމި ލަސްވީ، އެ ބްރިޖްގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގަތުމުން ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ބްރިޖްގެ ފަރުމާއަށް ބަދަލުތަކެއް ގެންނަވައި، އާ ފަރުމާއާ އެއްގޮތަށް މިހާރު މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަވައި، އާންމުންނަށް ހުޅުއްވާލައްވާނެ ކަމަށެވެ.

ރަސްފަންނުގެ އޯވަރހެޑް ބްރިޖަކީ، އެތާނގައި ހައްދަވާ ޕެވިލިއަންގެ ފުރަތަމަ ފަންގިފިލާއިން މަގުގެ އެއްފަޅިން އަނެއްފަޅިއަށް ދެވޭ ގޮތަށް ހައްދަވާ ބްރިޖެކެވެ. ރަސްފަންނުގެ ވިއު ފެންނަ ގޮތަށް ހައްދަވާ ބްރިޖް ފަރުމާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ލިފްޓްވެސް ހިމަނުއްވައިގެންނެވެ. ބްރިޖް ނިންމަވައި ހުޅުއްވުމަށް ކުރިން ކަނޑައަޅުއްވާފައިވަނީ، އެޕްރީލް މަހުގެ އެއްވަނަ ދުވަހުގައެވެ.