ކުޅިވަރު

ަސައުތު ޗައިނާ އަތުން މާޒިޔާ ބަލިވެއްޖެ


ހޮންގްކޮންގެ ސައުތް ޗައިނާ އަތުން މާޒިޔާ ބަލިވެއްޖެއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޖީގައި ސައުތް ޗައިނާއާއި ވާދަކުރި މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވީ ދޭއް ސުމަކުންނެވެ. މުޅި މެޗް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ސައުތް ޗައިނާއިންނެވެ. 

މިއަދު ހޮންކޮންގގެ މޮންކޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސައުތް ޗައިނާއިން ޖެހި ދެ ގޯލްވެސް ޖެހީ ފުރަތަމަ ހާފްގައެވެ. އެޓީމްގެ ފުރަތަމަ ގޯލް ޖަހައިދިނީ ހިއު ޗުންގއެވެ. ދެވަނަ ލަނޑު ޖަހައިނީ ޗަން ސިއު ކެއިއެވެ. 

މި ނަތީޖާއިއެކު މި ގްރޫޕްގެ ފޯރިވަނީ ގަދަވެފައެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗް އޮތްއިރު ހުރިހާ ޓީމަކަށްވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. 

ގްރޫޕްގެ އެއްވަނާގައި 10 ޕޮއިންޓާއިއެކު އޮތީ އިންޑިޔާގެ މޯހަން ބަގާނެވެ. ދެވަނާގައި 5 ޕޮއިންޓާއިއެކު ޔަންގޮންގ ޔުނައިޓެޑް އޮތްއިރު، ތިންވަނާގައި 4 ޕޮއިންޓާއިއެކު އޮތީ މާޒިޔާއެވެ. އަދި ގްރޫޕްގެ ހަތަރުވަނާގައި 3 ޕޮއިންޓާއިއެކު އޮތީ ސައުތް ޗައިނާއެވެ.