 
										
			ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އެދިވަޑައިގެންފިއެވެ.
 
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމާބެހޭ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށެވެ.
 
 tw:https://twitter.com/ahmed_nihan/status/720201618008834048 
 
އަބުރުރައްކާތެރި ކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހުރި، ނޫސްވެރިން ކަންބޮޑުވާކަންކަން ސަރުކާރުގެ ފަރާތުން ވަޒީރުންގެ ފެންވަރުގައި ދިރާސާކުރައްވަމުންދާކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރުވެސް ވަނީ ވިދާޅުވެފައެވެ.
 
މި ބިލްގައި ނޫސްވެރިކަން ކުރުމަށް ހުރަސްއެޅޭފަދަ މާއްދާތަކެއް ހުރިކަމަށްބުނެ ބައެއް ނޫސްވެރިންވަނީ ދައުލަތުގެ ތިންބާރުގެ މަސްޢޫލުވެރި އޮފީސްތަކަށް ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. އަދި އަބުރު ރައްކާތެރިކުރުމާބެހޭ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ރިޢާޔަތްކުރެއްވުމަށް ބޮރޯޑްކާސްޓިންގ ކޮމިޝަނުންވެސް ވަނީ ގޮވާލައްވާފައެވެ.