ޚަބަރު

މަރުވެފައި އޮތް ދިވެއްސެއް ކަނޑުމަތިން ފެނިއްޖެ


  • މިކަމުގެ ރިޕޯޓު ލިބިފައިވަނީ 9:11ގައި

  • ފެނިފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑު

  • މިއީ މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ މީހެއް

ކ.ވެލައްސަރު ރިސޯޓު ކައިރީ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:11 ހާއިރު ކަމަށެވެ.

މަރުވެފައި އޮތްވާ ފެނިފައިވަނީ ކ.އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގު ކުރަމުންނެވެ.