ސިއްހަތު

ޓީބީ ބައްޔާއި ބެހޭ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި


ދެކުނު އޭޝިޔާ ސަރަޙައްދުގެ އަށްވަނަ ޓިއުބަ ކްލޯސިސްއާބެހޭ ބައްދަލުވުން، ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ބާއްވާ މިބައްދަލުވުން ރަސްމީގޮތުން ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. ސަރަޙައްދީ މި ބައްދަލުވުމުގައި ދެކުނު އޭޝިޔާ ސަރަޙައްދުގެ 11 ޤައުމަކުން ބައިވެރިވެއެވެ. މިބައްދަލްވުމުގެ މައިގަނޑު މަޤްޞަދަކީ ކެއްސުންބަލި، ނުވަތަ ޓިއުބަ ކްލޯސިސް ސަރަޙައްދުގެ ޤައުމުތަކުން ނައްތާލުމެވެ. އެގޮތުން މިފަހަރުގެ ބައްދަލުވުމުގައި އެ އަމާޒަށް ވާޞިލްވުމާގުޅޭ ސިޔާސަތެއް ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.