ކުޅިވަރު

ނިއު އަތުން ކިޗީއަށް ފަސޭހަ މޮޅެއް


އޭ.އެފް.ސީ ކަޕުގައި ނިއުރޭޑިއަންޓް އަތުން ފަސޭހަ މޮޅެއް ހޯދައި ކިޗީ މުބާރާތުގެ ދަވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި އެވެ.

މި މެޗް ކިޗީން ކާމިޔާބުކުރީ 0-2 ނެވެ. މުޅި މެޗްކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ހޮންގކޮންގެ ކިޗީއަށް ދެ ގޯލްވެސް ޖަހައިދިނީ އެ ޓީމަށް ކުޅޭ ޤައުމުން ބޭރުގެ ކުޅުންތެރިޔާ ރުފީނިއޯ އެވެ. އޭނާ މި ދެ ގޯލްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ނިއުރޭޑިއަންޓްގެ ބިދޭސީ ކީޕަރަށް ރަތް ކާޑު ދައްކާ ފޮނުވާލުމުން ނިއުއަށް މެޗް ނިންމާލަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. މި ރަތް ކާޑަކީ ހުސްކޮށް އެރި ރުފީނިއޯއަށް ކީޕަރު ކުރި ފައުލަކާއި ގުޅިގެން އޭނަޔަށް ދެއްކި ރަތްކާޑެކެވެ.

މި ނަތިޖާޔާއެކު ނިއުރޭޑިއަންޓަށް ގްރޫޕުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. 2 ޕޮއިންޓާއެކު ނިއު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ކިޗީ ވަނީ މިއަދުގެ މެޗުން ހޯދި 3 ޕޮއިންޓާއެކު 7 ޕޮއިންޓް ހަމަކޮށްގެން ގްރޫޕުގެ ދެވަނައަށް ޖެހިލާފަ އެވެ.

ނިއުރޭޑިއަންޓަށް ދެން މި މުބާރާތުގައި އޮތީ އަންނަ މަހު ސިންގަޕޫރުގައި އެޤައުމުގެ ބެލެސްޓިއާ ޚަލްސާޔާއެކު ކުޅޭ މެޗެވެ.