މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މިއަދު ބުނީ ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާދަމާ މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި. pic.twitter.com/ApEH7mD4hS
— Ministry of Fisheries and Ocean Resources (@MFORmv) January 9, 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޫކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.