ޚަބަރު

ވިލިގިނލިން ސިޒޭރިއަން ހެދި އަންހެންމީހާ ބޭރަށް ގެންދަނީ


ގއ.ވިލިގިނލީ ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން ހާލުބޮޑުވެ، މާލެ ގެނައި އަންހެންމީހާ މިހާރު އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޝަންގެ އެހީގައިކަމަށާއި މި އަންހެންމީހާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ޢާއިލާގެ ފަރާތުން ކުރަމުން ގެންދާކަމަށް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަރ ޒީނަތު ޢަލީ ޙަބީބް ވިދާޅުވެއްޖެއެވެ.

މީނާ އިންޑިޔާގެ ޓްރެވެންޑްރަމަށް ގެންދިއުމަށްޓަކައި މާދަމާ ހެނދުނަށް ޝެޑިއުލް ކޮށްފައިވާ ކަމަށްވެސް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މިއަންހެންމީހާ މާލެ ގެނެސްފައިވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ ތެރޭގައި ހާލު ސީރިސްވެގެންނެވެ. މިއަންހެންމީހާގެ ދަރިފުޅު ގެނައިރުވެސް ސީރިއަސް ކަމަށާއި އެކުއްޖާ މަރުވެފައިވަނީ މާލެ ގެނެސް އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށްކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. އަދި އަންހެންމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ގެއަށް ދޫކޮށްފައިވާކަމަށާއި، ގެއަށް ދޫކޮށްލުމަށްފަހު، ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުން ދެވަނަފަހަރަށް އައިޖީއެމްއެޗަށް ވަނީ ގެނެސް ފަރުވާ ދޭންފަށާފައެވެ. މިއަންހެން މީހާ މިހާރު އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޝަންގެ އެހީގައިކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ.