ޚަބަރު

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ޢަބްދުﷲ ޔާމީން


  • ޔާމީން އައްޔަންކުރެއްވީ ޑީއެމްޑީގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް

  • ޔާމީންވަނީ ރައްޔިތުންގެ މަޖިލީހުގެ ނ.ވެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމަށް ނ.ވެލިދޫ، އަމަން ޢަބްދުﷲ ޔާމީން އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ މަތިން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޕީސީބީންވަނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ސ.ހުޅުދޫ، ކަޅުމަގިގެ ޢަބްދުالله ރަޝީދު ވަކިކުރައްވާފައިވާ ކަމަށެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ޢަބްދުﷲ ޔާމީންވަނީ ރައްޔިތުންގެ މަޖިލީހުގެ ނ.ވެލިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.